ނޫރާނީ ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަލުމަށް ބީލަން ހުޅުވާލައިފި
ސ. ހިތަދޫ ނޫރާނީ ސްކޫލުގެ ބައެއް އިމާރާތްތަކާއި ތަކެތީގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސްކޫލުން ބީލަން ހުޅުވާލައިފިއެވެ.
Ali Amir · · ކިޔުމަށް 1 މިނިޓު
އަކުރުގެ ބޮޑުމިން
ކުލަ
އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލުގެ ބައެއް އިމާރާތްތަކާއި ސްކޫލުގެ ތަކެތީގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސްކޫލުން ބީލަން ހުޅުވާލައިފިއެވެ.
19 ނޮވެމްބަރ 2026 ގައި ސަރުކާރުގެ ގެޒެޓުގައި ސްކޫލުން ޝާއިޢު ކުރި އިޢުލާނުގައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަންވާނީ 26 ނޮވެމްބަރ 2026 (ބުރާސްފަތި) ގެ މެންދުރު 14:00 ގެ ނިޔަލަށެވެ. ރަޖިސްޓްރީ ކުރެވޭނީ ސްކޫލުން ތައްޔާރުކުރި އޮންލައިން ފޯމު މެދުވެރިކޮށް ނުވަތަ ސްކޫލަށް އީމެއިލް ކުރުމުންނެވެ.
ސްކޫލުން ބުނީ، މި މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށެވެ.
މަޢުލޫމާތު ސާފުކުރުމާއި ސައިޓް އިންސްޕެކްޝަން އަދި މިން ނެގުމަށް ވަގުތު ކަނޑައަޅާފައިވަނީ 29 ނޮވެމްބަރ 2026 (އާދީއްތަ) އާއި 30 ނޮވެމްބަރ 2026 (ހޯމަ) ގައެވެ. މި ދެދުވަހު ހެނދުނު 09:00 އިން 11:00 އަށް ނޫރާނީ ސްކޫލުގައެވެ.
އަންދާސީ ހިސާބު ހުށަހަޅަންވީ 6 ޑިސެމްބަރ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި ނޫރާނީ ސްކޫލަށެވެ. ބީލަން ފޮތުގައިވާ ގޮތުގައި، ބީލަން ހުޅުވާނީވެސް އެ ދުވަހު އެ ގަޑީގައެވެ.
ބީލަން ފޮތުގައިވާ ގޮތުގައި، ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ދައުލަތުގެ ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑް ކުރެވިފައިވާ ފަރާތްތަކަށް ކުރިމަތިނުލެވޭނެއެވެ.
ބީލަމާ ގުޅޭ ސުވާލުތައް ފޮނުވަންވާނީވެސް 26 ނޮވެމްބަރ 2026 ގެ 14:00 ގެ ނިޔަލަށް، ސްކޫލުގެ އީމެއިލް [email protected] އަށެވެ. އިތުރު މަޢުލޫމާތު ސްކޫލުގެ ފޯނު ނަންބަރު 6885917 އިން ލިބެން ހުރީއެވެ.
ބީލަން ފޮތް ގެޒެޓުގެ އިޢުލާނާއެކު ޝާއިޢު ކޮށްފައިވެއެވެ.
މި ޚަބަރަށް ތިޔަބޭފުޅާގެ ޙިއްސު؟
ކޮމެންޓު
މި ޚަބަރަށް އަދި ކޮމެންޓެއް ނެތް.