ޚަބަރު

ކޯޓަށް ހާޒިރުނުވި ސ. ފޭދޫ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީ އެދިއްޖެ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުނުވި ސ. ފޭދޫ، ޕިންކްހައުސް، އަޙްމަދު ސަރީރު (44) ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

Ali Ahmed · · ކިޔުމަށް 1 މިނިޓު

ޚަބަރު ޝެއާ ކުރައްވާ
އަޙްމަދު ސަރީރު
އަޙްމަދު ސަރީރު ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުނުވި، ސ. ފޭދޫ، ޕިންކްހައުސް، އަޙްމަދު ސަރީރު (44) ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން 22 ނޮވެމްބަރ 2026 ގައި ޝާއިޢު ކުރި ނޫސްބަޔާނުގައި ބުނީ، މި މައްސަލައިގައި ކޯޓަށް ހާޒިރުވާން ޖެހުނު ނަމަވެސް ސަރީރު ކޯޓަށް ހާޒިރުނުވާ ކަމަށެވެ. އެހެންކަމުން، ބަންދުގައި ބަހައްޓައިގެން 23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ގައި ކޯޓަށް ހާޒިރުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސަރީރާ ބެހޭ މަޢުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންނަށް އެންގުމަށް ފުލުހުން އެދިފައިވެއެވެ.

ސަރީރާ ގުޅޭ މައްސަލައަކީ ކޮން ކަމެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޚަބަރު ޝެއާ ކުރައްވާ

މި ޚަބަރަށް ތިޔަބޭފުޅާގެ ޙިއްސު؟

ކޮމެންޓު

މި ޚަބަރަށް އަދި ކޮމެންޓެއް ނެތް.

ކޮމެންޓެއް ލިޔުއްވާ

ކޮމެންޓުތައް ޝާއިޢު ކުރެވޭނީ އެޑިޓަރަކު ބަލައި ފާސްކުރުމުންނެވެ. ގޯސް، ފުރައްސާރަ، ބަދުބަސް، ތުހުމަތު ނުވަތަ ސްޕޭމް ކޮމެންޓު ޝާއިޢު ނުކުރެވޭނެއެވެ.